ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް ކާޑުތަކުގެ ޑޮލަރު ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

raees muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ދިމާވި ދަތިތަކަކާ ހުރެ ލިމިޓް ކުޑަކުރި ނަމަވެސް، އިއްޔެ ރައީސް އޮފީހުން މައުލޫމާތު ސާފުކުރިއިރު މަސް ނިމޭއިރު ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އުންމީދީ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ލިމިޓް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ޑޮލަރު މަދުވުމުންނެވެ. ބޭންކުން މިހާރު އަމަލުކުރަނީ ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކުމަށެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެއެވެ.

HajjCop_ads
Advertisement

މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ. ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު، ބޭންކުން ބުނީ މިއީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު އިގްތިސާދު ކުރަން އެޅި ފިޔަވަޅެއް ކަމަށާއި، ޑޮލަރު ލިބޭ މިންވަރު އިތުރުވުމުން ލިމިޓްތައް އުވާލަމުންދާނެ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raeees muiz

މާތްވެގެންވާ މައްކާއަށް ހޫތީން ދޭން އުޅުނު ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

472828 189c2a44 4

ސަޢުދީ ފަންޑުގެ ސީއީއޯއާ ރައީސް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް

Big NqUFDC47feKBnzlabU4oE8ffb

ޑިމޮކްރަސީ ދެމިއޮންނާނީ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވެގެން: ރައީސް

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ