ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ސަލީމް އިންތިހާބުކޮށްފި

STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފިއެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަކީ މިވަގުތު ރައްޔިތުންގެ މަޖިލސްގައި ހިދުމަތް ކުރައްވާ މެމްބަރުންގެ ތެރެތިން އެއްމެ ދުވަސްވީ އަދި އެެއްމެ ތަޖްރިބާ ހުރި މެމްބަރުވެސް މެއެވެ.

މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަނީ އެ މަޤާމުގައި ކުރިން ހުންނެވި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ހުށަހަޅައި ތާއީދު ލިބުނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށެވެ.

MMA_Ads
HajjCop_ads
Advertisement

ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުން އެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހޮވިފައިވަނީ 62 ވޯޓުންނެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ.

ޖުމްލަ 74 މެންބަރުން ވޯޓު ލާފައިވާއިރު ބާޠިލް ވޯޓަކީ ދޭކެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖަލްސާއަށް ހުށަހަޅައި 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލިއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް ހުށަހަޅުއްވި މިކޮމެޓީ މަޖިލީހުގައި ހާޒިރުވެ ތިބި 65 މެންބަރުން ތާޢީދުލިބުނެވެ.

އިންތިޚާބީ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ
* މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
* ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު
* ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
* ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމް
* ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން

މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މެންބަރު ސަލީމް ވަނީ 2014 ވަނަ އަހަރާއި 2019 އަހަރު އަދި 2024 ވަނަ އަހަރުވެސް މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެންފައެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރު ސަލީމް އިންތިޚާބު ވެވަޑައިގަތީ ޕީޕަލް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.

މެންބަރު ސަލީމަކީ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު 2 ވަނަ ނައިބު ރައީސެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Majilis

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

majilis

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް

Sstv FORM FOR EC

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް