ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޓަޕޯލް ސައިބަރ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ

Maldivian_Ads
TTH_Ads
STO_Ads
Advertisement

އިންޓަޕޯލުން އިންތިޒާމު ކޮށްގެން ބޭއްވި 8 ވަނަ “ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް” ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެ ރާއްޖެ ތަމްސީލު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މެއި މަހުގެ 19 އިން 21 އަށް މޮރޮކޯގެ މަރަކޭޝްގައި ބޭއްވި މި ޕްރޮގްރާމަކީ އެކި ޤައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްޤީ ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުން ކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަޙުޤީޤުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ.

HajjCop_ads
Advertisement

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އިންޓަޕޯލް ސައިބަރ ގޭމްސް ފަދަ ބައިނަލްއަޤުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ، ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރު ޤައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަަށެވެ. އަދި މީގެ ސަބަބުން ފުލުހުންގެ ކިބައިގައި ސައިބަރ ކުށްތަކާއި، މަކަރާއި ހީލަތުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ