އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލަ ބަލަން ފަށައިފިއެވެ.
ހައެއްކަ ބިދޭސީ ފިރިހެނުން އެކަކު އަނެކަކު ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެކަމާ ގުޅިގެން މީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، އެ އިދާރާއަށް އެ މައްސަލަ ހުށަނޭޅިއަސް، ފުލުހުންގެ ސަމާލު ކަމަށް އެ މައްސަލަ އައިސްފައިވާ ކަމަށެވެ.
އެއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން އެ މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު