ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުރޫމް ކުރުމުގެ ކުށުގެ ދައުވާ ހިމެނޭހެން އަފްލަޙުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި

STO_Ads
TTH_Ads
Advertisement

ކ.މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙުގެ މައްޗަށް ކުރެވޭ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން މައްސަލަ ތަޙުޤީޤުކޮށް ދަޢުވާ އުފުލައިފި އެވެ.

އެކަން ޕީޖީ އޮފީހުން ވަނީ ޔަޤީންކޮށްދީފަ އެެވެ. ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއެއް ކަމަށްޗާ އަފްލަޙްގެ މައްޗަށް، އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ، އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ ކަމަށް ތުޙުމަތުކޮށް ހައްޔަރުކުރީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ.

އެ މައްސަލަ ތަޙުޤީޤުކޮށް ފުލުހުން ވަނީ ދަޢުވާ ކޮށްދޭން އެދި ޕީީޖީ އޮފީހަށް ފޮނުވާފަ އެވެ. އެ އޮފީހުން މިއަދު ބުނީ އޭނާގެ މައްޗަށް ދައުވާ އުފުލާ މައްސަލަތައް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އޭނާގެ މައްޗަށް އުފުލާފައިވަނީ:

1. ޖިންސީ ކުށުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ އާއި

2. ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ އާއި

3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އާއި

4. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ

ތަޙުޤީޤުން ހާމަވި ގޮތުގައި އަފްލަޙް ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާއި ހަަމައަށް އެކި ދުވަސްމަތީން ޖިންސީ ގޯނާ ކޮށްފަ އެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ޝަމްޢާންގެ ތަހުގީގް ހިންގީ އެއްވެސް ނުފޫޒެއްނެތި ހެކީގެ މައްޗަށް މައްޗަށް ބިނާކޮށް: ފުލުހުން

Big gsZHo8fiJzMlflYX81R5o4eOp

ރަސްމީ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އާސިފަށް ސަބް އިންސްޕެކްޓަރުގެ ރޭންކު

Big Zmgelv5OfJB1lxvi99HFrY3sv

ފުލުހުންގެ ޑިއުޓީގައި ހުއްޓައި ނިޔާވި އާސިފްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

Asdfg

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ނިޔާވީ ސާޖަންޓް އަހްމަދު އާސިފް