ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިން، ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާކަމަށް މެއި 28ވަނަ ދުވަހުގެ 22:21 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނެއް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ބުނީ ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގު ކުރަމުން ކަމަށެވެ.