ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެން އެމްޑީޕީ ދޫނުކުރާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

raees Nasheed
TTH_Ads
STO_Ads
Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނޫނީ މި ދުނިޔެ ދޫކުރައްވާކަށް ބޭނުންފުޅުނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފ. ބިލެއްދޫގައި ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުން ބަލިވި ނަމަވެސް ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ބަލިވެއްޖެ ހާލަތެއްގައި މަޑުމަޑުން ގޭގައި ހުންނަވާނީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އުފެއްދުމަށް ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޒުވާން އުމުރު ހޭދަކުރެއްވީ މި ޕާޓީ ބިނާކުރުމަށް ކަމަށާއި، އެ މަސައްކަތުގެ ތެރޭގައި ގިނަ އަނިޔާތަކެއް ތަހައްމަލުކުރައްވަން ޖެހިވަޑައިގަތް ކަމަށެވެ. އަދި ޕާޓީން އެމަނިކުފާނު ބޭރުކޮށްނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ގައިން ކަނޑާލިއަސް އަންނާނީ “ރީނދޫ ލޭ” ކަމަށް ވިދާޅުވެ އެމްޑީޕީއަށް އޮތް ލޯބި އެމަނިކުފާނު ހާމަކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން، މާޒީގައި އެމަނިކުފާނު ޕާޓީއާ ދުރަށް ވަޑައިގަތުމުންވެސް އެމްޑީޕީ ރޫޅިފައިނުވާކަން ފާހަގަކުރައްވައި، އެ ޕާޓީގެ ބިންގާ އެޅިފައިވަނީ ވަރަށް ވަރުގަދަކޮށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މީގެ ކުރިންވެސް ވަނީ، ދުވަގަކުވެސް އެމްޑީޕީ ދޫކޮށް ނުދާނެކަމަށް ވިދާޅުވެ، މަރުވެދާންވެސް ބޭނުންވަނީ އެމްޑީޕީގައި ހުރެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ފުރުސަތު ނުދެއްވުމުން ކޯފާ އިސް ކުރައްވާ ނަޝީދުވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެހެންނަމަވެސް އެޕާޓީގަ ހުންނަވާފަ ނަޝީދު އެނބުރި އެމްޑީޕިއާއި ގުޅިވަޑައިގަތީ އެމްޑީޕީއަށް 2023 ގެ ވެރިކަން ގެއްލި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Waheed

ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު ހަމަޖައްސަވައިފި

ޔާމީނާއެކު ވެސް މަސައްކަތް ކުރަން ތައްޔާރު: ނަޝީދާއި އިބޫ

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރުގެ ޖަލު ޙުކުމެއް

Original 1701491375267

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ރައީސް ނަޝީދުވެސް ތާއީދުކޮށްފި