މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޤަވާޢިދު އޮންނަ ގޮތުން އަހަރުގެ ތިންވަނަ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް، މި ދައުރު ނިމުމުގެ ކުރިން ނިންމަންޖެހޭ މުހިންމު ބިލުތަކަކާއި މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މިވަގުތު މަޖިލީހުގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ މަސައްކަތްތަކެއް ނިންމަން ހުރުމުގެ ސަބަބުން، މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުވެސް މީގެ ކުރިން ވަނީ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.