ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަހުޒާނު ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން: އިހުސާން

minister ihusan
TTH_Ads
STO_Ads
Advertisement

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެ 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވުމުން “އަދަދު” ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނު ޖަލުގައި ކުރިމަތިވި ކަންކަމާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

ޝަހުޒާނު ބުނެފައިވަނީ އޭނާއާއެކު ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ލީވާނާއި ދެމީހުން ތިބި ގޮޅިން ނެރެ ވަކި ދެ ގޮޅިއެއްގަައި ދެމީހުން ބަންދުކުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންގަވައިގެން ކަމަށެވެ. އެ ތުހުމަތަކީ ސައްތައިންސައްތަ ދޮގެއްކަމަށް ވިދާޅުވެ ވަޒީރުވަނީ ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ހާމަކުރައްވާފައެވެ.

ކޯޓު އަމުރާ ހިލާފުވި ދެ ނޫސްވެރިން ޖަލުގައި ބަންދުކުރި ފަހުން، މޭ 15، 2026 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން އެރޭ 19:35 ގައި ޝަހުޒާނާއި ލީވާނު ތިބި ގޮޅިއަށް ކަރެކްޝަންގެ އޮފިސަރުން ވަދެ ބަލައިފާސްކުރީ ޝަހުޒާނާއި ލީވާނުގެ ހާޒިރުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ހާމަކުރެއްވި ގޮތުން ގޮޅި ބަލައިފާސްކުރުމުގެ ތެރެއިން އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭހުރި އަންނައުނުތަކެއްގެ ތެރޭގައި ފޯނެއް އޮއްވައި ފެނުނެވެ.

MMA_Ads
HajjCop_ads
Advertisement

ޖަލަށް ފޯނު ފަދަ ތަކެތި ވެއްދުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަކެތި ޖަލަށް ވައްދައިފިނަމަ އެކަމާ ގުޅިގެން ޖަލުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހާއްސަ ފިޔަވަޅުތަކެއް އެޅުން ގަވާއިދުތަކުން ލާޒިމުކޮށްފައިވެއެވެ.

އިހުސާނު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ޖަލު އޮފިސަރުން ކަންކަން ކުރަމުންދިޔައީ އެފަދަ މައްސަލަތަކުގައި އަބަދުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުންނެވެ. އެގޮތުން ބަންދުގައި ތިބި ދެ މީހުން މޮނިޓާކުރެވޭ ގޮތަށް ވަކި ދެ ގޮޅިއަށް ބަދަލުކުރިއެވެ. އަދި އެފަހުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަރެކްޝަނުގެ އޮފިސަރުން ބަންދުގައި ތިބި ދެ ނޫސްވެރިން ތިބި ގޮޅިތައް ބަލައިފާސްކުރީވެސް ކުރިއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށެވެ.

ވަޒީރު ވިދާޅުވީ މިކަންކަމަކީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ވަކި މީހަކު އަންގައިގެން އެޅި ފިޔަވަޅުތަކެއް ނޫން ކަމަށެވެ. އަދި ޖަލު ބެލެހެއްޓުމާ ގުޅޭ މިފަދަ ކަންކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަންކަމާމެދު ގޮތް ނިންމަވާ ކަންކަން ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އަދި އަޅުގަނޑުގެ ވަޒީރުކަމުގައި ރައީސް ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމާ އެއްވެސް މިންވަރަކަށް އިންސްޓްރަކްޝަނެއް ދެއްވާފައެއް ނުވޭ،” ރައީސާމެދު ޝަހުޒާނު ކުރި ތުހުމަތުތައް ދޮގުކުރައްވަމުން އިހުސާނު ވިދާޅުވިއެވެ.

އިތުރަށް އިހުސާނު ވިދާޅުވީ ލީވާނާއި ޝަހުޒާނު ވަކި ދެ ގޮޅިއެއްގައި ބަންދުކުރުމާ ގުޅިގެން ތަފާތު ތިން ނޫސްވެރިޔަކު އޭނާއަށް ގުޅައި އެކަމުގެ މައުލޫމާތު ސާފުކުރަން އެދުމުން، ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ނޫސްވެރިންނަށް ވިދާޅުވެދެއްވި ކަމަށެވެ. ނަމަވެސް އެހައި ސާފުކޮށް އެކަންކަން ވިދާޅުވެދެއްވުމުން އެއިން އެއްވެސް ނޫސްވެރިޔަކު އެވާހަކަތައް ރިޕޯޓުނުކުރިކަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ އެއިރު ކަމުގެ ހަގީގަތް ނޫސްވެރިން ބަޔާންކޮށްދިންނަމަ މިއަދު ދޮގު ވާހަކަތަކެއް ފެތުރުމުގެ ފުރުސަތު ޝަހުޒާނަށް ނުލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުުގައި ޖަލަށް ވެއްދުން މަނާ ތަކެތި ޖަލު ގޮޅިން ފެނުނު މައްސަލަ މިހާރު ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ތަހުގީގުކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެ: އިހުސާން

minister ihusan

ބުލީކުރުން ޖިނާއީ ކުށަކަށް ހަދައި ހަރުކަށި ފިޔަވަޅު އަޅަން މަޝްވަރާކުރަން ފަށައިފި

ihusan

މިހާތަނަށް 726 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: އިޙްސާން

ihusan

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި