ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

raees muiz
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، އަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

ރައީސް އަލިޔެވް އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ތަރަހައިގެ މަތީގައި ގާއިމުކޮށްފައިވާ ހަރުދަނާ ގުޅުން، ކުރިއަށް އޮތް ތަނުގައިވެސް ބަދަހިވަމުންދާނޭ ކަމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ހަރުދަނާ، ސާބިތު ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދެ ގައުމުން ހިއްސާކުރާ ފަހުމުތަކާއި، އެކުގައި ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދޭ އަހުމިއްޔަތުން، މި ހަރުދަނާ ގުޅުން ސާބިތުކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަގީންކަން އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އަޒަރުބައިޖާންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަ ކުރަނީ، 1918 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު، އަޒަރްބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކްގާއިމުކުރި މުނާސަބަތާ ގުޅިގެންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރަނީ

Muiz cabinet ministers

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ނިންމަވައިފި