ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ދިވެހި ޙައްޖުވެރިން އަރަފާތަށް ދިއުމުގެ ދަތުރު މިރޭ ފަށާނެ

WhatsApp Image 2026 05 25 at 20.12.24
STO_Ads
TTH_Ads
Advertisement

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިން ސައުދީ އަރަބިއްޔާ ގަޑިން މިރޭ 21:00 އިން ފެށިގެން އަރަފާތަށް ދިއުމަށް ދަތުރުފަށާނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށް ގޮސްތިބި އެންމެހާ ޙައްޖުވެރިން މިރޭ ފުރާނެ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިރޭ ފަތިސްވުމުގެ ކުރިން ހުރިހާ ޙައްޖުވެރިންނަށް އަރަފާތަށް ވަދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ މުސްލިމުންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދިވަޑައިގެން އޭނާ ވަނީ ދުޢާކުރައްވާފައެވެ.

މިއަހަރު ދިވެހިރާއްޖެއިން އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވަނީ ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާފައެވެ. މި މަހުގެ 22 ވަނަ ދުވަހު މި ބައްދަލުވުން ބާއްވާފައިވަނީ ދިވެހި ޙައްޖުވެރިން ތިބޭ ބަލަދް އައްޠައްޔިބު އަޖިޔާދު ހޮޓެލުގައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މެންބަރުންނާއި، ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޙާޖީން ބައިވެރިވިއެވެ.

MMA_Ads
HajjCop_ads
Advertisement

WhatsApp Image 2026 05 25 at 20.12.23 (1)

މިނިސްޓަރު ސަޢީދުގެ މި ޒިޔާރަތުގައި ވަނީ ވަކިވަކިން ޙާޖީންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު އޮޅުންފިލުއްވާފައެވެ. އަދި ދިވެހި ޙައްޖުވެރިންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުންދާކަން ފާހަގަކުރައްވައި، އިންތިޒާމްތައް އެންމެ ރަނގަޅަށް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

WhatsApp Image 2026 05 25 at 20.12.23

ޙައްޖުވެރިންގެ ޞިއްޙީ ޙާލަތާއި އެހެނިހެން ކަންކަންޙައްޖުވެރިން ތިބޭ ހޮޓަލުގެ އެންމެހާ އިންތިޒާމްތައްވެސް މިނިސްޓަރު ބައްލަވާލެއްވިއެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްތައް ރޭވިފައިވާ ގޮތްތަކާއި ކްލިނިކުގެ އިންތިޒާމްތައް ބައްލަވާލައްވައި، އެތަނުގައި ޙަރަކާތްތެރިވާ މެޑިކަލް ޓީމާ ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން ޖުމްލަ 1000 ޙައްޖުވެރިން ބައިވެރިވާއިރު، އެންމެހާ ދިވެހި ޙައްޖުވެރިންގެ ޙާލަތުވެސް ރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big cV60JFLemKD7gp7KkoPz64fRN

އަމީރުލްހައްޖު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި

Io

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ތިންވަނަ ގްރޫޕް ފުރައިފި

maldivian hajj

ރާއްޖެއިން ފުރި ދެވަނަ ފްލައިޓް 260 ޙައްޖުވެރިންނާއެކު ފުރައިފި

ހުރިހާ ޙާޖީންގެ ޙާލު ރަނގަޅު: ޙާޖީން މިހާރު ވަނީ ޢުމްރާގެ އަޅުކަމަށް ނިކުމެފައި