ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

hajj umra
STO_Ads
TTH_Ads
Advertisement

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މި ގްރޫޕުގައި 241 ޙައްޖުވެރިން ދަތުރުކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ފަރާތްތަކުން މައްކާއަށް ގޮސްފައިވަނީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. 4 ދުވަހެއްގައި އޮތް ޖުމުލަ 4 ފްލައިޓުން ޙައްޖުވެރިން ދަތުރުކޮށްފައިވެއެވެ. ދިވެހިން މިފަހަރު މައްކާއަށް ދަތުރުކުރީ، ސައުދިއާ އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓުގައެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ، ޖުމްލަ 4 ފްލައިޓެއްގައެވެ. މިރޭ ފުރަތަމަ ފްލައިޓް އައިސްފައިވާއިރު ދެން ބާކީ ފްލައިޓުތައް އަންނާނީ، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ.

HajjCop_ads
MMA_Ads
Advertisement

މިމަހުގެ 7ވާ އަންގާރަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނަން ހަމަޖެހިފައިވާއިރު، ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ، އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. މި ދުވަހު ޙައްޖުވެރިން ރާއްޖެ އަންނާނީ، ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.

ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 8 ވާ ހޯމަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ، ސައުދިއަރ އެއަރލައިންގެ ފްލައިޓެއް ކަމަށް ދިވެހި ޙައްޖު މިޝަނުން ވިދާޅުވިއެވެ.

ފަހު ފްލައިޓު މިމަހުގެ 9ވާ އަންގާރަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ދަންވަރު 12:00 އެހާކަށްހާއިރު ކަމަށް ދިވެހި ޙައްޖު މިޝަންއިން ވިދާޅުވެއެވެ. ދިވެހި ޙައްޖާޖީން ދަތުރުކުރާ ފަހު ފްލައިޓަކީ، މޯލްޑިވިއަންގެ ފްލައިޓެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

Hajjjj

ހައްޖުގެ އަޅުކަމަށް ފަހު ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެ

hajja and umra

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހު

WhatsApp Image 2026 05 25 at 20.12.24

މިއަހަރުގެ ދިވެހި ޙައްޖުވެރިން އަރަފާތަށް ދިއުމުގެ ދަތުރު މިރޭ ފަށާނެ