ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަނުކޮށްފި

Img md 202607010223031782897783.9952
TTH_Ads
Maldivian_Ads
STO_Ads
Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް، ދ. ކުޑަހުވަދޫ ޝަބްނަމީގެ، އަލްއުސްތާޒު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަނުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ މި ކަން ހާމަކޮށް ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
ފިރުޒުލް މި މަގާމަށް އައްޔަން ކުރީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުުފާ ދެއްވުމާއި ގުޅިގެންނެވެ. އަދި

ޝަކީލް އެ މަގާމުން އިސްތިއުފާ ދެއްވީ އީސީގެ މެންބަރަކު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ.

HajjCop_ads
Advertisement

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ތަރުޖަމާނަށް ހުންނެވި ފިރުޒުލް ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

އަދި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސް އޮފީހުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސްކޫލް ބަންދާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން އުމްރާއަށް

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ