ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޫލް ބަންދާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން އުމްރާއަށް

Igmh
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުރަތަމަ ޓާމްގެ ސްކޫލް ޗުއްޓީއާ ދިމާކޮށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ތިންވަނަ ގްރޫޕް މިހާރު ވަނީ މައްކާއަށް ގޮސްފައެވެ.

މި ފަހަކަށް އައިސް ސްކޫލް ބަންދުތަކާ ދިމާކޮށް ރާއްޖެއިން އުމްރާގެ އަޅުކަމަށް މައްކާއަށްދާ ފަރާތްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ވެސް 7000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާއިރު، މިހާރު ފެށިފައިވާ ޗުއްޓީގައި ވެސް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އުމްރާއަށް ފުރަމުންނެވެ. ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި އެ ކުންފުނީގެ ފަރާތުން ފުރަން ހަމަޖެހިފައިވާ 600 މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް އެތެރެވެފައެވެ. އުމްރާއަށް ގޮސް އުޅޭ ބައެއް ދިވެހިން ބުނާ ގޮތުގައި މި ވަގުތު މައްކާގެ މަގުތަކާއި ހަރަމްފުޅުގެ ސަރަހައްދުން ދިވެހީން ވަރަށް ގިނައިން ފެންނަމުންދެއެވެ.

ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސްފައިވާއިރު، އެނބުރި އަންނަ މީހުންގެ ފަރާތުން ބަލިތައް ފެތުރުން ކުޑަކުރުމަށް އެޗްޕީއޭއިން ވަނީ ހާއްސަ އިރުޝާދުތަކެއް ދީފައެވެ. އުމްރާއިން އެނބުރި އަންނައިރު ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައި ތިބޭކަން ފާހަގަކުރެވޭތީ، ބަލިޖެހިއްޖެ ނަމަ އެކަމަށް ސަމާލުވުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސައި ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202607010223031782897783.9952

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަނުކޮށްފި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ