ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 543 މިލިޔަން ރުފިޔާ ހޯދައިފި

mira
STO_Ads
TTH_Ads
Advertisement

ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 543 މިލިޔަން ރުފިޔާ ހޯދައިފި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް މީރާއިން ބުނެއެވެ.

މީރާގެ އޭޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނުލިބިހުރި ފައިސާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން 372 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޑިއުސް ކްލިއަރެންސްގެ ގޮތުގައި 96 މިލިޔަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 64 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުން 5 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، އެކްޝަން ޕޮލިސީގެ ދަށުން 4 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ހޯދައިދީފައެވެ.

HajjCop_ads
Advertisement

މީރާއިން ބުނީ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރާ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުން، މިދިޔަ މަހުވެސް އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

އާންމުކުރި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތަކާއި ވިޔަފާރި ކުރާ ފަރާތްތަކެވެ. މީރާއިން އަންނަނީ ޓެކުހުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ސިލްސިލާކޮށް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

HJBJN

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ފާސްކޮށްފި

mira

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދައިފި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ