ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެޓް އޮފީހަށް ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހިންގާ ތައްޔާރު މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއަށް ތިން އިލެކްޓްރިކް އުޅަނދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކާއި މުއައްސަސާގެ އޮޕަރޭޝަންހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދުތައް ވަނީ އެ މުއައްސަސާއާ ހަވާލުކޮށްފައެވެ.

މިއީ މޫސުމާބެހޭ އިދާރާގެ އޮޕަރޭޝަނަލް އަދި އަމަލީ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގެ މަޤްސަދުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މިއީ މޫސުމީ ބަދަލުތަކަށް ނުފޫޒު ފޯރުވާ ކަންކަން މަދުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުއައްސަސާގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

HajjCop_ads
Advertisement

“ތައްޔާރު” މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތް-ސައުތް ކޯޕަރޭޝަން ފަންޑުގެ މާލީ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ މޫސުން މޮނިޓާކޮށް ލަފާކުރުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ކުރިއާލާ އިންޒާރު ދޭ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މޫސުން މޮނިޓާކުރާ އާ މަރުކަޒުތައް ޤާއިމުކުރުމާއި، މޫސުމީ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމުގެ ނިޒާމުތައް އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، މޫސުމާބެހޭ އިދާރާގެ ބްރޭންޑް އާކޮށް، މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ތަރައްޤީކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ މިނިސްޓަރުކަން ކުރައްވާފައިވާ ތޯރިޤް އިބްރާހީމް ވަނީ، މިއީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ކާރިސާތަކަށް ތައްޔާރުވުމަށް ލިބޭ ވަގުތު އިތުރުވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ އަސަރު އެންމެ ގަދަވާނީ ނޮވެންބަރުގައި: މެޓް

Moosun

މިއަދުވެސް އެކި ހިސާބުތަަކަށް ކެރީގެ އަސަރު ކުރާނެ: މެޓު އޮފީސް

moosun

ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސް : މެޓް އޮފީސް

moosun

މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް އޮފީސް