ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

majilis
STO_Ads
TTH_Ads
Advertisement

ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ މިހާރަށްވުރެ ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހުގެ 11 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ އެދިވަޑައިގެންފައިވަނީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ދިރާސާކޮށްދެއްވުމަށެވެ. އެގޮތުން ކައުންސިލްގެ ރައީސަށް 45،000 ރުފިޔާ، ނައިބުރައީސަށް 35،000 ރުފިޔާ އަދި ކައުންސިލް މެންބަރަކަށް 25،000 ރުފިޔާ މުސާރައިގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އެ ބަދަލު ގެންނަން ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވީ، ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ، ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންނަށްވުރެ ބޮޑުވުމެވެ. ކައުންސިލްގެ ރައީސަށްވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުކަމަށާއި، ނައިބުރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެކަމުގެ ސަބަބުން ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ބެލެވޭކަމަށް ކުޑޫ ވިދާޅުވިއެވެ. މިއީ އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހުށަހެޅުން މަޖިލީހަށް ހުށަހަޅާފައި މިވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމާފައި ވަނިކޮށެވެ.

ޕޭ ކޮމިޝަނުގެ އާ ނިންމުމުގެ ދަށުން، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. މިހާރު މި ކޮމިޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 6،000 އާއި 7،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HJBJN

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ފާސްކޮށްފި

majilis

ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު މަޖިލީހުން ފާސްކޮށްފި

8u

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

88887

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ރައީސް ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި