ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ޖުލައިގެ ތެރޭ ބޮޑު ބަދަލެއް ފެންނާނެ: ރައީސް

IMG 20260521 221248
STO_Ads
TTH_Ads
Advertisement

ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވާފައިވާއިރު އަހަރު މެދުތެރޭ އެ ކުންފުނީގެ މަސައްކަތުން ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ގެނެސްދޭ “ނޭޝަން ޗެޓް” ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު ކުރިއަށް އޮތްތާ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ދައްޗެއް ނެތި ބޭސް ލިބުމާއި ބޭސް ނުލިބޭ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

“އަހަރުގެ މެދަކާ ހަމައަށް ދާއިރުގައި ވަރަށް، ވަރަށް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ،” ރައީސް ވިދާޅުވި އެވެ.

HajjCop_ads
MMA_Ads
Advertisement

“ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ”ގެ ނަމުގައި އަލަށް ހުޅުވި ބޭސްފިހާރަ ގާއިމުކުރީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ބޭސްފިހާރަ ހުޅުވުމަކީ ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.

ސްޓޭޓް ފާމާއިން ބުނެފައިވަނީ ބޭސްފަރުވާގެ ހިދުމަތް ދަތިކަމެއް ނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުވި ބޭސްފިހާރައަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަނުގައި ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސްޓޭޓް ފާމާއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި، އޭޕްރީލު 1، 2026 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ތައާރަފުކުރުމާއި، ސްޓޭޓް ފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހުޅުވި ސްޓޭޓް ފާމާގެ ބޭސްފިހާރަ މެދުވެރިކޮަަށް ބޭސް ސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމަކީ، ރައްޔިތުންނަށް ބޭސް ހޯދުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ދެކޭ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސްފިން: ރައީސް

muiz

އެލްޖީއޭގެ ގޮފިތަކެއް ގާއިމުކުރި ނަމަވެސް އެތަންތަނަށް ސިޔާސީވެރީން ނުލައްވާނެ: ރައީސް

ނޭޝަން ޗެޓް ޕްރޮގްރާމް މިރޭ ރައީސްއާ އެކުގައި