ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް

muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިހާރު ގެންގުޅޭ އުޅަނދު، މަހާ ޖައްރާފުއަށް ވުރެ ތިންގުނަ ބޮޑު މުޅިން އައު ހޮޕާ ޑްރެޖަރެއް ސަރުކާރުން ހޯދާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން އާ ޑްރެޖަރ ރާއްޖެއަށް ގެންނާނެ ކަމަށް ލަފާކުރައްވައިފައެވެ. މަހާ ޖައްރާފަކީ އެމްޓީސީީސީން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާ އުޅަނދެވެ.

ޑްރެޖަރު އައުމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ދުވެލީގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ ފަރާތްތަކުގެ މަސައްކަތްތައް ހިންގުމަށް އެމްޓީސީސީގެ ޤާބިލުކަން ފުޅާކޮށް، ސަރުކާރުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް މައުލޫމާތުދެއްވިއެވެ.

HajjCop_ads
Advertisement

އެމްޓީސީސީގެ ދަށަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ބަދަލުކުރުމަށް ރާވާފައި އޮތުމުން އެ ކުންފުނި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ސަރުކާރުން އެ ނިންމުން ތަންފީޒު ކުރުމުން، މަގު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ގަންނަ ބޮޑެތި އުޅަނދުތަކާއި އެހެނިހެން ސާމާނު އާރުޑީސީގެ ކޮންޓްރޯލުން އެމްޓީސީސީގެ ދަށަށް ބަދަލުވާނެއެވެ. ރޭގެ ޕޮޑްކާސްޓުގައި މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ކަންކަމަށް އެކުންފުންޏަށް ޑޮލަރު ހޯދައިދިނުމަށް، ސަރުކާރުން ފަސޭހަކުރާނެ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް