ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައިވެރިވަޑައިގަންނަވާ “ނޭޝަން ޗެޓް” ޕްރޮގްރާމް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމަކީ ޕީއެސްއެމްގެ ފަރާތުން މުޅިން އަލަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިރޭ އޮންނާނީ 9 ޖަހާއިރެވެ.
ޕީއެސްއެމުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވާނީ ރައީސް ޑރ. މުއިއްޒު ކަމަށް ވެސް ޕީއެސްއެމުން ބުނެފައިވެއެވެ.
ފުރަތަމަ އެޕިސޯޑުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގައުމުގެ ތަރައްގީ އާއި ސިއްހީ ދާއިރާ އާއި އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ވަތަނީ ހިދުމަތާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު، މައުލޫމާތު ހިއްސާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު