ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުދަނެއްގައި ރޯކޮށްލި މައްސަލައިގައި ބަންދުގައި ހުރި މީހާ ފިލައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ގ. ހިޔާރޯދީގައި ހުރި ގުދަނެއްގައި ރޯކޮށްލިކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ބަންދުގައި ހުރި މީހާ ފިލައިފިއެވެ.

މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން، ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން (29އ) ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. އޭނާއަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އޭޕްރީލް މަހުގެ 21 ގައި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަައެވެ.

ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް، ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

HajjCop_ads
Advertisement

ކުށުގެ ރެކޯޑުތަކެއް އޮންނަ ޝަހްބާން ހައްޔަރުކުރީ، އަލިފާނުގެ ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ އެ ގޭގެ ތެރެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ގޮޅިޖެހި ގަމީހެއް ލައިގެން ހުރި ޝަހްބާން ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައިސް އެ ގެއަށް ވަދެއެވެ. އަދި އޭގެ ހަ މިނެޓު ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެއެވެ. އޭނާ ނުކުތްތާ ހަތަރު މިނެޓު ތެރޭގައި، އެ ގެއިން ދުން އަރަން ފެށުމުން މީހުން އެއްވާ މަންޒަރުވެސް ވީޑިއޯއިން ސާފުވެއެވެ.

އެ ހާދިސާގައި ރޯވި ގުދަނަކީ ކުރިން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި މޯރީގަރާޖު ކައިރީގައި ހުންނަ އިމާރާތެކެވެ. އެ އަލިފާނުގެ ސަބަބުން އެ ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ