ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް ހުކުމް އިއްވުން ފަސްކޮށްފި

Io
TTH_Ads
STO_Ads
Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ހުކުމް ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހުނު އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.

ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތުތައްޝަމާންގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ޖިނާއީ ދައުވާތަކެއް އުފުލާފައެވެ. އޭގެ ތެރޭގައި ފޭރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ހިމެނޭއިރު، މި ކުށަށް ތިން އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. މީގެ އިތުރުން، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި އެއް އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށުގައި ފަހަކުން ފަނަރަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދުގެ މެންދުރު 01:00 ގައި ބޭއްވުމަށް ތާވަލުކުރިއެވެ. ކްރިމިނަލް ކޯޓުގެ ތަރުޖަމާނަކު ވިދާޅުވީ، ޝަމާންގެ ވަކީލު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން، އެ އަޑުއެހުން ކެންސަލްކޮށްދިނުމަށް ޝަމްއާން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުން ވަނީ އެ އަޑުއެހުން ފަސްކޮށްފައެވެ. އެ އަޑުއެހުމުގައި ހުކުމް ކުރުމަށް ތާވަލުކޮށްފައި އޮތްކަން ތަރުޖަމާނު ކަށަވަރުކޮށްދެއްވިއެވެ. މި މައްސަލައިގެ ހުކުމް ކުރާނެ އާ ތާރީޚެއް ކޯޓުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

ޝަމްއާން އިމިގްރޭޝަންގެ ވެރިޔާގެ މަގާމުން ވަކިކުރީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ބުނެފައިވަނީ، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދުމަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެރޭ ފުލުހުން ވަނީ މާލޭގައި ހުންނަ ޝަމާންގެ ގެ ބަލައި ފާސްކޮށް، 257,475 ރުފިޔާ، 10,000 ޑޮލަރު، ބޭރު ފައިސާތަކެއްގެ އިތުރުން އިލެކްޓްރޯނިކް އާލާތްތައް ހޯދާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Ew

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

criminal court

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި

criminal court

ޕެޑެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަ: ޓިކެޓް ގަތީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ބުނެފި