ކުއްލި ޚަބަރު

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

117

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ބިދޭސީ މަސައްކަތްތެރީންގެ އަތުން ރިޝްވަތު ނަގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލި ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ޝަމްއާން ހުރީ ޖަލު ބަންދުގައެވެ.

ޝަމްއާންގެ ބަންދު މުރާޖާކުރަން އެދުނު މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ގޮތެއް ނިންމާފައެވެ. ދައުލަތުން މިއަދު ބުނީ ހެކިބަސް ނިމުމުގެ މަރުހަލާ ނިމުމުން ޝަމްއާން ބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ އޭނާ މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށެވެ.

އެ މައްސަލާގައި ޝަމްއާންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިބްރާހިމްް އަހުމަދު 11 މަހަށް ޖަލަށްލާން ހުކުމްކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Image 20

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް

TTH_advertisement