ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެގް އަމުރު ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

high court
STO_Ads
TTH_Ads
Advertisement

“އަދަދު” ނޫހުން ތައްޔާރު ކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު “ގޭގް އަމުރު” ބާތިލް ކުރުމަށް އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ފިޔާޒު ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، މައްސަލަ މިހާރު ވަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

ފިޔާޒުގެ ފަރާތުން އިސްތިއުނާފްގެ މައްސަލަ ހުށަހެޅީ، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުންނެވެ.

HajjCop_ads
MMA_Ads
Advertisement

އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނުއާސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

ނަމަވެސް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެން ނުވާ ކަމަށެވެ. އެހެންވެ މައްސަލަ ބަލައި ނުގަތުމަށް ނިންމީއެވެ.

އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޖޭއޭގެ ފަރާތުން މިހާރު ވަނީ ހުށަހަޅައިފައެވެ.

“އަދަދު” ނޫހުގެ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައްކަން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެފައިވަނީ ފިޔާޒު އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތުގެ ތެރެއިންނެވެ. އެ އަމުރު ނެރެފައިވަނީ އެގޮތަށް ދައުލަތުން އެދިގެންނެވެ.

އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:

  • ދައުވާ ކުރެވިފައިވާ ހާދިސާ އާ ގުޅުންހުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުން
  • މި ޑޮކިއުމެންްޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުން
  • ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
  • މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

ޖިންސީ ގޯނާގެ ތުހުމަތު އޮތް ޓީޗަރަކު ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފި

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި