ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރޯނަކުން ޖަލަށް ޑްރަގު ވައްދަން އުޅުނު މީހާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Maafushi jalu
TTH_Ads
STO_Ads
Advertisement

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓުން ބަންދުން ދޫކޮށްލި މީހާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޑްރޯންއެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 395 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރީ ކާށިދޫ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކޮށް އެތަކެތި ހޯދީ ލިބުނު އިންޓެލިޖެންސު މައުލޫމާތަކާ ގުޅިގެން މާފުށީ ޖަލާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ނަމަވެސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލައިފައެވެ.

HajjCop_ads
Advertisement

މާފުށީ ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި އެ މައްސަލައިގެ އަޑުއެހުންތައް މިހާރު އެ ކޯޓުގައި ވަނީ ފަށައިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އިސްލާމް ޓީޗަރު 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

high court

ޖިންސީ ގޯނާގެ ތުހުމަތު އޮތް ޓީޗަރަކު ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފި

high court

ގެގް އަމުރު ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި