ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ޚަރަދު 110 އިންސައްތަ އިތުރުވެއްޖެ

Io
STO_Ads
TTH_Ads
Advertisement

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ޚަރަދު މަހެއްގެ މައްޗަށް 116 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުވެއްޖެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ހޭދަވަނީ ގާތްގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. ނަމަވެސް މާޗް މަހުން ފެށިގެން އެ އަދަދު 116 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ މައްޗަށް ގޮސްފައެވެ.

މިއީ 110 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މި ބަދަލުގެ ސަބަބުން މަހެއްގެ މައްޗަށް އިތުރަށް 61 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ދެމިގެންދާހާ ހިނދަކު ތެޔޮ އެތެރެކުރުމުގެ ޚަރަދު އިތުރުވަމުން ދާނެ ކަމަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

ރާއްޖޭގައި ތެޔޮ ރައްކާކުރާނެ އަމިއްލަ ވަސީލަތްތައް ނެތުމާއި، ބޭރުގެ ތެލަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް އަހްމަދު އަލީ ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތައަކީ އޮމާނުން އެތެރެކުރާ ތެލެވެ. މި ހާލަތުގެ ސަބަބުން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، ޑީސަލާއި އެހެނިހެން ތެލަށް ބަރޯސާވުން ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން، ރާއްޖެއިން އަންނަނީ އޮމާނަށް ބަރޯސާވުން ކުޑަކޮށް، ތެޔޮ އެތެރެކުރާނެ އެހެނިހެން ގައުމުތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ބައިނަލްއަގުވާމީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޗައިނާއިން ވަނީ މެއި މަހުގެ ތެރޭގައި އެކި ގައުމުތަކަށް 500,000 ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އަދި ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.

ތެޔޮ އެތެރެކުރުމުގެ ޚަރަދު ބޮޑުވި ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވެސް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތެޔޮ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ދިރާސާތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު އިފްތިތާހުކޮށްފި

778

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި