ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި އަހަރަކު އުފެދޭ ކުނީގެ މިންވަރު ފަސް ލައްކަ ޓަނަށްވުރެ އިތުރުވެއްޖެ

Io
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި އަހަރެއްގެ މައްޗަށް ފަސް ލައްކަ ޓަނަށްވުރެ ގިނަ ކުނި އުފެދޭކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް އައު ޤާނޫނީ އޮނިގަނޑެއްގެ ދަށުން މަސައްކަތްތަކެއް ފަށައިފިކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވަނީ ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ހުރި ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖުކުރުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއްކަމަށާއި، އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކުނި އުފުލުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު 517،000 ޓަނަށްވުރެ އިތުރުވެފައިވާއިރު، ކުނި އުފެދޭ މިންވަރު މަދުކުރުމަށް އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް އަދި ކުރެވިފައިނުވާކަމަށް މުރުތަޟާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ ކުނީގެ މިންވަރުވެސް ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.

ކުނީގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ކުނި މެނޭޖުކުރުމަށް ޚާއްޞަ އައު ޤާނޫނީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ޤާނޫނުގެ ދަށުން ހަތަރު ޤަވާއިދެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެއީ ކުނި މެނޭޖުކުރުމުގެ އާންމު ޤަވާއިދާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދިނުމުގެ ޤަވާއިދާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދުގެ އިތުރުން އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ ޤަވާއިދެވެ. މުރުތަޟާ ވިދާޅުވި ގޮތުގައި މި އައު ޤާނޫނުގެ ސަބަބުން ކައުންސިލްތަކާއި، ވުޒާރާއާއި، ކަމާބެހޭ އެހެނިހެން އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާތައް ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެއެވެ.

HajjCop_ads
Advertisement

ކުނި މެނޭޖުކުރުމަށް މިހާތަނަށް އެޅިފައިވާ ބައެއް ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަންވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މީގެ އަހަރުތަކެއް ކުރިން މަގުމަތިން ގިނަ އަދަދަކަށް ފެންނަމުންދިޔަ ޕްލާސްޓިކް ސުޕާރީ ޕެކެޓުތައް މިހާރު ނުފެންނަކަން މުރުތަޟާ ފާހަގަކުރެއްވިއެވެ. މިއީ ތިމާވެއްޓަށް ގެއްލުންދޭ ތަކެތި މަދުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ކާމިޔާބީއެއްކަމަށް ވުޒާރާއިން ދެކެއެވެ. ނަމަވެސް، މުޅި ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ އިދާރާއިން ޤަބޫލުކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު އިފްތިތާހުކޮށްފި

Io

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ޚަރަދު 110 އިންސައްތަ އިތުރުވެއްޖެ

778

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި