ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު އިފްތިތާހުކޮށްފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން، ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޫދާއި ގޮނޑުދޮށްތަކުން ކުނި ނަގާ ޚާއްޞަ އުޅަނދެއް ކަމަށްވާ ސާސް އީ ސީ ސްކައުޓް ތަޢާރަފުކޮށްފިއެވެ.

މި އުޅަނދު ތަޢާރަފުކުރުމަށްޓަކައި ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓުގައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އުޅަނދު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ސާސް އީ ކޮންސްޓްރަކްޝަންގެ މި އިސްނެގުމަށް ތަޢުރީފުކުރައްވައި، މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށާއި ތިމާވެށި ޙިމާޔަތްކުރުމުގެ ރޫޙު އާލާކުރުމަށް އެހީތެރިވެދޭނެ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ސާސް އީ ސީ ސްކައުޓަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ފަޅުތެރެއިންނާއި މޫދުން ޕްލާސްޓިކާއި އެހެނިހެން ކުނިބުނި ނެގުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އުޅަނދެކެވެ. ސާސް އީ ކޮންސްޓްރަކްޝަނުން ހާމަކުރާ ގޮތުގައި މިއީ ތިމާވެށީގެ ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އުޅަނދުގެ ސަބަބުން މުޖުތަމަޢަށް ފައިދާކުރުމުގެ އިތުރުން، އައްސޭރިފަށުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

HajjCop_ads
MMA_Ads
Advertisement

ތިލަފުށީގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަންދޫބުންނާއި، ސާސް އީ ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ސަވާދުގެ އިތުރުން ކުންފުނީގެ ޙިއްޞާދާރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. މި ޙަފުލާގެ ތެރެއިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވަނީ ވަޒީރަށް ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އީޖާދީ ވިސްނުންތައް ބޭނުންކޮށްގެން ތިމާވެށި ޙިމާޔަތްކުރުމަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން މި އުޅަނދު ތަޢާރަފުކުރުމާއެކު ސާބިތުވެގެން ހިނގައްޖެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ޚަރަދު 110 އިންސައްތަ އިތުރުވެއްޖެ

778

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި