ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް ހިންގަމުންދަނީ ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން: ޝަރީފް

bml
TTH_Ads
STO_Ads
Advertisement

ބޭންކް ހިންގަމުންދަނީ ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން ކަމަށާއި ސަރުކާރުގެ ދަރަނި ދައްކަން ބޭންކް އޮފް މޯލްޑިވްސްގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ވިދާޅުވީ، މިފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދަނީ ސަރުކާރުން މި ފައިސާ ދައްކާފައިވަނީ ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއިންކަމަށެވެ.

މިކަމަށް ރައްދުދެއްވައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، އެއީ ހަޤީގަތާއި ޚިލާފު ވާހަކައެއްކަމަށެވެ. ބޭންކްގައި ހުރި ކަސްޓަމަރުންގެ ޑިފޮސިޓް ރައްކާތެރިކުރުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ބޭންކްގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް %70 ގާތްކުރާ އަދަދަކަށް ހުރީ ލޯނު ދޫކޮށްފައިކަމަށާއި، ސަރުކާރަށް ލޯނު ދޫކުރުމަށް ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައިނުވާނެކަމުގެ ޔަޤީންކަން ބީއެމްއެލްގެ ސީއީއޯ ވަނީ ދެއްވާފައެވެ.

HajjCop_ads
Advertisement

“އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން އަޅުގަނޑުމެންގެ ބޭންކް ހިންގަމުން މިދަނީ ބޭންކިން އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން. ޑިޕޮސިޓް އަޅުގަނޑުމެން މިކުރާ ކަމަކީ އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުން އެންމެ ބޮޑަށް އަޅުގަނޑުމެން ޑޮލަރު ލޯނު ދޫކުރެވިފައިވާނީ ފަތުރުވެރިކަމުގެ ސިނާޢަތަށް. ފަތުރުވެރިކަމުގެ ސިނާޢަތަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރާއި ކައިކުރާ އަދަދަކަށް އަޅުގަނޑުމެންގެ ޑޮލަރު ލޯނު ޕޯޓްފޯލިއޯ މިހާރު ޑޮލަރުން އެބަހުރި ޓޫރިޒަމް ސެކްޓަރއަށް. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައިވެސް އަޅުގަނޑުމެން 35 މިލިޔަން ޑޮލަރު އަލަށްވެސް ދޫކުރިން. އަދިވެސް އަޅުގަނޑުމެން މިދަނީ ޓޫރިޒަމް ސެކްޓަރއަށް އިންވެސްކުރަމުން.” ބީއެމްއެލްގެ ސީއީއޯ

ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ދައްކާފައެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

އެސްޑީއެފަށް ޖަމާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބޭ އަދަދެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ފުރަތަމަ 4 މަހު ބީއެމްއެލުން 71 މިލިޔަން ޑޮލަރު ދޫކުރި

WhatsApp Image 2026 05 14 at 14.40.00

ބޭންކް އޮފް މޯލްޑިވްސް އިން އޭއައިސީބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި          

WhatsApp Image 2026 05 12 at 15.12.16

ޚަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

bml

ކަސްޓަމަރުންގެ ކާޑާއި ޒާތީ މަޢުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް