ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިއޯޓީސީ ބައްދަލުވުން ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ނިމިގެން ދިޔަ މި ބައްދަލުވުމަކީ އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުމެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 15 އާ ހަމައަށް މާލޭގައި ބާސެލޯ ނަސަންދުރާގައެވެ.

HajjCop_ads
Advertisement

އައިއޯޓީސީގެ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިިހެން ސަރަހައްދުތަކުގެ ގައުމުތަކުގެ އިތުރުން ކަމާ ގުޅުންހުރި ޖަމިއްޔާތަކުގެ ފަރާތުން 225 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ، އިންޑިއާގެ ކަނޑުގެ މަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގައި ބޭއްވި މި ބައްދަލުވުމުގައި ޖުމްލަ 7 ގަރާރެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން، އެ ސެޗަންތަކުގައި ރާއްޖޭގެ ފަރާތުން ތިން ގަރާރެއް ހުށަހަޅައިފައިވެއެވެ. އެއީ، މަޑި (މޮބިއުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެލުމުގެ ކަންކަން ހަރުދަނާކުރުމާ ގުޅޭ ގަރާރެއްގެ އިތުރުން، ބީ.ބީ.އެން.ޖޭ މުއާހަދާ އާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ގަރާރަކަށް ބަދަލު ކުރުމާ ގުޅޭ ގަރާރެކެވެ.

މި ގަރާރުތައް ވަނީ ކާމިޔާބުކަމާާއެކު ފާސްކުރެވިފައެވެ.

މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ދިވެހި ދައުލަތުން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމި ނިންމުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއި، ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖުކުރުމުގެ ކަންކަން ހިންގުމަށް ދެވޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދެކެއެވެ.

މީގެ އިތުރުން، އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންކަމަށާއި، އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުން ކަމަށް އެވުޒާރާއިން ބުނެއެވެ.

މި ބައްދަލުވުން އިންތިޒާމުކޮށް، ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެމް.އެސް.ޕީ.އީ.އޭ، އެމް.ޓީ.ސީ.ސީ، އެމް.ފޯރމް.ޕީ.ސީ އަދި އެޗް.ޑީ.ސީ އަށް އެ ވުޒާރާއިން

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިއޯޓީސީގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

fishing

ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި