ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

STO_Ads
TTH_Ads
Advertisement

މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މަސްވެރިންގެ ގުންޒަރުގެ ނަމުގައި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި ތަރައްގީކުރުމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މިގޮތުން މިއަދު ބޭއްވުނު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރަވާއި، ހިންގާ، ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، މިކަމާ ގުޅޭގޮތުން މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

މި ބައްދަލުވުމުގެ ތެރެއިން އެއްކުރެވޭ މައުލޫމާތު މަސްވެރިކަން މެނޭޖްމަންޓްކުރުމުގެ އިތުރުން، މި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށާއި، މަސްވެރިކަމުގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރެއެވެ.

HajjCop_ads
Advertisement

ބައްދަލުވުން ހުޅުއްވައިދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް އަޒްމީ އަދްނާން ވިދާޅުވީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލުވަމުން އަންނަ މަލްޓިބިލިއަން ޑޮލަރ އިންޑަސްޓްރީއެއް ކަމަށްވާއިރު، ރާއްޖެއަކީ ވެސް ސްޕޯޓްސް ފިޝިންގއަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ގައުމެއް ކަމަށެވެ.

އަދި މި މަސްވެރިކަން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

15 އޮގަސްޓު 2026 ވަނަ ދުވަހު މާލޭގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި މަސްވެރިކަމުގައި ހަރަކާތްތެރިވާ 44 ފަރާތެއް ބައިވެރިވެފައިވެއެވެ. މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FB IMG

ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް 50 ފަރާތަކަށް ހަނިމާދޫގައި ތަމްރީން ދީފި

Masverin

ޖުލައި މަހު 49.7 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

Masverin

ލައިސަންސް އޮތް މަސްވެރި އުޅަނދުތަކުގެ ޢަދަދު 502އަށް

Mifco

މަސްވެރިން ކިރުވި މަހަށް މި ދެދުވަހު އެކަނިވެސް 2.3 މިލިއަން ރުފިޔާ ދޫކޮށްފި