ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިއީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. މާލެ ސަރަޙައްދަށް މޫސުން ގޯސްވެ ބޯކޮށްވާރޭވެހުމާއި ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.
އެމްއެންޑީއެފުން ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށެވެ.

މޫސުން ގޯސްވެ މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމީ އިންޒާރު ވަނީ ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ ހއ އަތޮޅުން ތ އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު މެންދުރު 2:00 އާ ހަމަައަށް އެ ސަމާލު ދެމި އޮންނާނެ އެވެ.
މި ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ މި އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.





ކިޔުންތެރިންގެ ހިޔާލު