ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އައްޑޫ ބިޒްނަސް ޑައިލޮގް” ފަށައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

އައްޑޫގެ އިޤްތިޞާދު ހިންގައިގަތުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބާއްވާ އައްޑޫ ބިޒްނަސް ޑައިލޮގް ފަށައިފިއެވެ. މި ޑައިލޮގަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

އައްޑޫސިޓީ ހިތަދޫ، ހިތަދޫ ސްކޫލުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިމަހާސިންތާއަކީ އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުން ތަންފީޒު ކުރުމަށް މަގުފަހި ކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަހާސިންތާ ފެށުން ޝަރަފުވެރިކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އިޤްތިޞާދީ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މި މަހާސިންތާގައި އެ ވުޒާރާގެ އިސްފަރާތްތަކުގެ އިތުރުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ވުޒާރާއާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އަދި މި ވުޒާރާތަކުގެ ދަށުން ހިންގާ ވިޔަފާރިއާއި ގުޅުންހުރި އެކި އިދާރާތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މީރާއާއި ބޭންކުތާކާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބައިވެރިވެއެވެ.

HajjCop_ads
Advertisement

މިމަހުގެ 13 އިން 14 އަށް ކުރިއަށް ގެންދާ މަހާސިންތާގެ ތެރެއިން އައްޑޫގެ އިޤްތިޞާދީ މާހައުލު ވަޒަން ކުރުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ހާއްސަ އިނާޔަތްތައް ދެވޭނެ ދާއިރާތައް ކަނޑައެޅުމަށް ބައިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސެޝަންތަކެއް މި މަހާސިންތާގެ ތެރެއިން ކުރިއަށްދާނެއެވެ. މީގެ އިތުރުން ޓެކުހާއި ގުޅޭ ލުއިތަކާއި އަދި ވިޔަފާރިތަށް ފެށުމަށް އެކި މާލީ އެހީގެ ނިޒާމުތަކާއި ގުޅޭ މުހިންމު މައުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި މިކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ އެކި އިދާރާތަކަށް ހުށަހެޅުމަށް ފުރުސަތު މަހާސިންތާގެ ތެރެއިން ކުރިއަށްދާނެއެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުމަށް ދިމާވާ ގޮންޖެހުންތަށް ބަލައި، އެ ފަރާތްތަކަށް ލުއިތަކެއް ހޯދުމަށް މަޝްވަރާ ކުރެވޭނެއެވެ. މިމަޝްވަރާތަކުގެ އަލީގައި އެކި އިދާރާތައް މެދުވެރިކޮށް މައުލޫމާތުދީ އައްޑޫއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރެވޭނެއެވެ.

މި މަހާސިންތާގެ މަޝްވަރާތަކަށްފަހު އެކުލަވާލެވޭ ކަރުދާހަށް، ވަޒީރުންގެ މަޖިލީހުގައި ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ އެވެ. މި މަސައްކަތަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަން ފާހަގަކޮށް ސަރުކާރުން ވިދާޅުވީ، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުމުން، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިމާވާ ގޮންޖެހުންތަށް ހައްލު ކުރުމަށް މުހިންމު މަސައްކަތްކެއް ފަށާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HNZw DCaQAAUQD

އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރަނީ

dr Muthalib

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރަނީ މަގު އެއްކޮށް ބަންދު ނުކޮށް: މުއްޠަލިބު

Screenshot 2026 04 11 at 20.58.42 1536x860

ފޯޅަވަހި ސަރަޙައްދަށް ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަކަށް އަސަރެއް ނުކުރާނެ

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ