ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ޕޮލިސް ކޮލެޖުގައި އިންޓަޕޯލްގެ ކޯހެއް ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގެ ކެމްޕަހުގައި އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ކޮލެޖުގައި ހިންގާ ފުރަތަމަ ބައިނަލްއަޤްވާމީ ކޯސް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ޕޮލިސް ކޮލެޖުގައި ފަށާފައި ވަނީ އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމް “އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް ” އެވެ. މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވަނީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށްގެންދެވޭ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމްކަން ފާހަގަކުރައްވައި، މިއީ އެ ކޮލެޖަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށާއި މި ހާސިލުކުރެވުނީ ވަރަށް ތާރީހީ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައެވެ.

HajjCop_ads
Advertisement

އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13 ގައުމަކުން ޖުމްލަ 23 އޮފިސަރުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ. މި ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމާއި، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ބައިވެރިން އުނގެނޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ތަމްރީނަކީ އިންޓަރޕޯލްގެ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުން އެއްތަންވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HNZw DCaQAAUQD

އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރަނީ

dr Muthalib

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރަނީ މަގު އެއްކޮށް ބަންދު ނުކޮށް: މުއްޠަލިބު

Screenshot 2026 04 11 at 20.58.42 1536x860

ފޯޅަވަހި ސަރަޙައްދަށް ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަކަށް އަސަރެއް ނުކުރާނެ

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ