ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ

STO_Ads
TTH_Ads
Advertisement

އައްޑޫގައި ޤާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ، “ވޭސްޓު ޓު އެނަރޖީ ޕްލާންޓް” ޕަބްލިކް ޕްރައިވެޓް ޕާޓިނާރޝިޕްގެ ދަށުން ހިންގުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

2023ވަނަ އަހަރު މި ޕްލާންޓްގެ މަސައްކަތް ނިންމާފައިވަނީ އޮޕަރޭޝަނަށް ގެނައުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އައްޑޫގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ޤާއިމުކޮށް ނިމިފައިވަނީ 2023ވަނަ އަހަރުގައެވެ. މިޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.

HajjCop_ads
Advertisement

މިޕްލާންޓް އަދިވެސް އޮޕަރޭޝަނަށް ގެނެވިފައިނުވާއިރު ސަބަބެއްކަމަށް ސަރުކާރުން ވިދާޅުވަނީ، އެކަމަށް ބޭނުންވާ ބައެއް ކަންކަން ހަމަނުޖެހުންކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި ބޭނުންވާއިރު އެކަމަށްޓަކައި ދެކުނު 3 އަތޮޅުން އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކުން އައްޑޫއަށް ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަން ސަރުކާރުންވަނީ ކުރިން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ ޕްލާންޓް އޮޕަރޭޓްނުކުރެވުނު ނަމަވެސް އޭގެ ޙާލަތު ބަލަމުންދާކަމަށެވެ. އަދި މިފަދަ ޓެކްނޮލޮޖީތައް ރާއްޖެ ގެނެސް ފަށައިގަންނައިރު ރާއްޖޭގައި އެކަމަށް ބޭނުންވާ ކެޕޭސިޓީ ނެތްކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތްކުރަނީ އައްޑޫގައި ޤާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ، ‘ވޭސްޓު ޓު އެނަރޖީ ޕްލާންޓް’ ޕަބްލިކް ޕްރައިވެޓް ޕާޓިނާރޝިޕްގެ ދަށުން ހިންގުމަށްކަމަށް ވިދާޅުވިއެވެ.

“އެސަބަބަށްޓަކައި އަޅުގަނޑުމެން ތިލަފުށީގައި ހިންގާ ޕްރޮޖެކްޓްގެ މަސައްކަތް މިދިޔައީ ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް މޮޑެލްއަކަށް. މާނައަކީ ކޮންޓްރެކްޓަރ އޭތި ނިންމާފަ 15 އަހަރު ދުވަހަށް ހިންގާނީ. ނަމަވެސް ވަންދޫއާއި އައްޑޫގެ ކަންތައް އޭރު އަޅުގަނޑުމެންނަށް ނުގެންދެވުނު، އަޅުގަނޑުމެން ބެލީ ރާއްޖޭގައި އެއަންނަންވާއިރަށް އެކެޕޭސިޓީ ބިލްޑް ކުރެވޭނެކަމަށް. އެހެންނަމަވެސް ކަންދިމާކުރިގޮތުން އެކަމެއް ނުއެއްވި.” މުރުތަޟާ

ޕަބްލިކް ޕްރައިވެޓް ޕާޓިނާރޝިޕްގެ ދަށުން މަޝްރޫޢުތައް ހިންގުމަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ހުންނަކަމަށާއި އެހެންކަމުން އެމަސައްކަތްކޮށް އައްޑޫގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ހަވާލުކުރެވޭނެ ވަކި މުއްދަތެއް އަދި ކަނޑައެޅިގެން ނޭނގޭކަމަށް ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް އެކި ފަންޑުތަކުގައި ގެންނަ މިފަދަ ޓެކްނޮލޮޖީއާއި، އެކި މެޝިނަރީތައް ދެމެހެއްޓެނިވިގޮތުގައި ބެލެހެއްޓުމުގައި ގޮންޖެހުން ހުރިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ވޭސްޓް ޓު އެނަރޖީ ޕްލާންޓް ބެލެހެއްޓުމުގެ ޓެކްނިކަލް ކެޕޭސިޓީ ރާއްޖޭގައި މިވަގުތު ނެތްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ހަމައެއާއެކު ވޭސްޓް ޓު އެނަރޖީ އާއި އެނޫންވެސް ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ހުރި މިފަދަ އަގުބޮޑެތި ވަޞީލަތްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވަމުންދިޔުމަކީ ރާއްޖެ ފަދަ ޤައުމަކަށް އޭގެ ގެއްލުން ބޮޑުކަމެއްކަންވެސް އެވުޒާރާއިން ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫގައި ކުށްކުރުމަށް ބޭނުންކުރަމުން އައި ގެއެއް ފުލުހުން ބަންދުކޮށްފި

HIL0yzSa4AE8LTG

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު

“އައްޑޫ ބިޒްނަސް ޑައިލޮގް” ފަށައިފި

addu

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި