ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރަނީ މަގު އެއްކޮށް ބަންދު ނުކޮށް: މުއްޠަލިބު

dr Muthalib
TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްޤީކުރާނީ މަގު އެއްކޮށް ބަންދުނުކޮށްކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އާރުޑީސީއާ ހަވާލުކޮށްގެން ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މަގު ހެދުމުގައި، މަގު ފުޅާކުރުން ހިމެނިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތަކީވެސް ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫޢުއެއްކަމަށެވެ. ވަޒީރު ވިދާޅުވީ އެ މަގު ހެދުމުގައި ރައްޔިތުންނަށް އެ މަގު ބޭނުންނުކުރޭނެ ގޮތައް މަގު ބަންދުކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއް ފަރާތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއިއެކު މަގު ބޭނުންކުރެވޭނެ ގޮތެއް ހަދައިގެން ކުރިއަށް ގެންދާނެ ކަމަށާއި އެ އުސޫލުން މަސައްކަތް އަވަސްކޮށްގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ކާރުބާރުބޮޑު އެހެން ޑައިވާޝަން މަގެއް ނެތް ތަންތަން ހުރި މަގެއް ލިންކް ރޯޑަކީ. އެހެންވީމަ އެ މަގު ހަދާއިރު ވިސްނާލަން ޖެހޭނެ އެއް ފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހެދުމުގެ ކަންކަން. އެގޮތުން ފުޅާކުރަންޖެހޭ ބައި ސާފުކުރުމަށްފަހުގައި ސައިޑް ވޯކް ހެދުމަކަށް ނޫން އެންމެ އިސްކަމެއް ދޭނީ ކެރޭޖް މަސައްކަތް ކުރުމަށްޓަކައި

HajjCop_ads
Advertisement

ވަޒީރު ވިދާޅުވިއެވެ.

829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަށް ބޭނުންވާ ސާމާނުގެ ތެރޭގައި ހިމެނޭ ބޮޑެތި އުޅަނދުތަކުގެ އިތުރުން އެހެނިހެން މުހިންމު ސާމާނުތައް މިދިޔަ މެއި މަހު ވަނީ ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތުން މުޅި އައްޑޫ ސިޓީގައެވެ.

އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އައްޑޫ ލިންކް ރޯޑު ހަލާކުވެގެން ދިޔައިރު އިސްކަން ނުދިނީ ކީއްވެގެންތޯ ސުވާލުކުރައްވައި މިނިސްޓަރު މުއްޠަލިބް ފާޑުވިދާޅުވެއްޖެ

Qw

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަނީ

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

Minister Muthalib

އައު ހައުސިން މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމަށް އޮތް ކިޔު ކުޑަވާނެ: ޑރ. މުއްތަލިބު