ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އިންޓާންޝިޕް ޕްރޮގްރާމެއް

43
TTH_Ads
STO_Ads
Maldivian_Ads
Advertisement

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކަނބަލުންނަށް އަމާޒްކޮށްގެން “މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް 2026” ފަށައިފިއެވެ.

މިއީ ފިޝަރީޒް މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ “ޓްރާންސްފޯމް” ޕްރޮޖެކްޓުގެ އެހީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުން ކަމަށެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން މަސައްކަތްކުރާ ގޮތުގެ އަމަލީ ތަޖުރިބާ މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

HajjCop_ads
Advertisement

މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްރޮގްރާމުގެ ފުރަތަމަ ބައި މި މަހުގެ 10 އިން 14 އަށް މާލޭގައި ކުރިއަށްދާނީ ތިއަރީ ސެޝަންތަކެއްގެ ގޮތުގައެވެ. ޕްރޮގްރާމުގެ ދެވަނަ ބައި ކުރިއަށްދާނީ 16 އިން 24 މޭ 2026 އަށް، ލ. މަންދޫގައި ގާއިމްކޮށްފައިވާ “ހޮރައިޒަން ފިޝަރީޒް” ގެ މަސް ބަންދުކުރާ ކާރުހާނާގައެވެ. މި ބައިގައި ބައިވެރިންނަށް އެ ކުންފުނީގެ ފަރާތުން މަސްވެރިކަމުގެ ސިނާއަތުގައި ކުރަމުންދާ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 4 ކަނބަލުން ބައިވެރިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shujaau

މާލޭގެ ވެޓް މާކެޓް ތަރައްގީކުރަން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

43

އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

Igmh

އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ 

43

މަސްވެރިންނަށް އުފާވެރިކަން: އެސްޓީއޯ ރޭޓްގައި 13 ރަށަކުން މިހާރު ތެޔޮ ލިބޭނެ