ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ޕްރޮޖެކްޓް ބައޯކަލޯ” އިފްތިތާހުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި އިފްތިތާހުކޮށްފިއެވެ.

“ޕްރޮޖެކްޓް ބައޯކަލޯ” އަކީ މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ފެށި މަސައްކަތެކެވެ.

ދިވެހި ކާބަފައިންގެ ވާހަކަތަކުގައި ބިރުވެރިކަމާ ގުޅުވައިގެން ބޭނުންކުރާ “ބައޯކަލޯ” މި ނަމަށް، މި މަޝްރޫއުގެ ތެރެއިން ވަނީ އާ މާނައެއް ދީފައެވެ. އެއީ އޯގާތެރިކަމާއި، ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ އިތުރުން މުޖުތަމައަށް ފައިދާހުރި ހަރަކާތެއްގެ ރަމްޒެއްގެ ގޮތުގައެވެ.

HajjCop_ads
Advertisement

ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި މަޝްރޫއު ބިނާކޮށްފައިވަނީ މައިގަނޑު ހަ އަސާސެއްގެ މައްޗަށެވެ. އެއީ ކޮންޓްރޯލްކުރުމާއި، އަޅާލުމާއި، ސާފުތާހިރުކަމާއި، އެކުގައި އުޅުމާއި (ކޯ-އެގްޒިސްޓް)، އޯގާތެރިކަމުގެ އިތުރުން ގާބިލުކަން (ކެޕޭސިޓީ) އިތުރުކުރުމެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުމާލޭގައި ކުރިއަށްގެންދާ އިރު، މީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ފަދަ ނަމޫނާ ނިޒާމެއް ބިނާކުރުމެވެ. މި ޕައިލެޓް މަޝްރޫއުގެ ދަށުން، “ޓްރެޕް-ނިއުޓާ-ރިޓާން” (ޓީއެންއާރު) ޕްރޮގްރާމެއް މެދުވެރިކޮށް ބުޅާ ދަރިމައިވުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ވެޓެރިނަރީ ފަރުވާ ދިނުމާއި، ޒިންމާދާރުކަމާއެކު ކާނާ ދިނުމާއި، ބުޅާ އެޑޮޕްޓްކުރުމަށް ބާރުއެޅުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޖަނަވާރުންގެ ހިމާޔަތަށް ދޭ ހާއްސަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި ރައީސްގެ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މަގުމަތީގައި އުޅޭ ޖަނަވާރުންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.

މި މަގުސަދު ހާސިލުކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި “ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ބިލު”، 3 ޑިސެމްބަރު 2025 ގައި ރައީސް ވަނީ ތަސްދީގުކުރައްވައިފައެވެ. ގާނޫނު ނަންބަރު 23/2025 ގެ ދަށުން ޖަނަވާރުންގެ ވެލްފެއާއާ ގުޅޭ ގައުމީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލައިފައެވެ.

މި މަޝްރޫއުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އަމިއްލަ ޖަމިއްޔާތައް، ވެޓެރިނަރީ ކްލިނިކްތައް، އެނިމަލް ޝެލްޓާތައް، ސްކައުޓް އަދި ގާލް ގައިޑްގެ އިތުރުން ޕީއެސްއެމް ހިމެނެއެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޓީއެންއާރު ޕްރޮގްރާމްތަކާއި، “ކެޓް ސޭފް ޕާކް”ތައް ގާއިމުކުރުމާއި، ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއުގެ ކާމިޔާބީތަކާއި ދަސްވި ފިލާވަޅުތައް ދައްކާލުމަށްޓަކައި 4 އޮކްޓޯބަރު 2027 ގައި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ބޮޑު ހަރަކާތެއް ބޭއްވުމަށް ވެސް މިނިސްޓްރީން ވަނީ އަމާޒު ހިފައިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނައިފަރުގައި ކުރިޔަށް ގެންދިޔަ ނައިބޮލި އެކްސްޕޯގައި ފިޝަރީޒް މިނިސްޓްރީން ބައިވެރިވެއްޖެ

Qw

ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

Shujaau

މާލޭގެ ވެޓް މާކެޓް ތަރައްގީކުރަން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި