ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިޔަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް

Moosun
TTH_Ads
STO_Ads
Advertisement

ކުރިޔަށް އޮތް ތިން ދުވަހުވެސް ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ބެލެވޭތީވެ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މީޓްރޮލޮޖިސްޓް ތަހުމީނާ މިއަދު “ވަން” އަށް ވިދާޅުވީ ކުރިޔަށް އޮތް ތިން ދުވަސް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“ވައިގެ އެވްރެޖު ބާރުމިން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި. އެެންމެ ދެކުނަށް 15 މޭލާ 25 މޭލާ ދެމެދު މެދު، މެދު ރާއްޖެތެރެއަށް 13 މޭލާ 23 މޭލާ ދެމެދު . ވިލާ ގަނޑުގައި 45 މޭލަށްވެސް ވައި ޖެހިދާނެ. ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓާ 8 ފޫޓާ ދެމެދުގައި. ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ވާނެ ކަމަށް ބެލެވޭތީވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން.” ތަހުމީނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް މިއަދުގެ 11:30 އާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ގަމަށެވެ. ގަމަށް 47.8 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރިޕޯޓުތަކުން ދައްކައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިލްތިމާސްކޮށްފި

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް އޮފީސް

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

43

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރާ ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކޮށްފި