ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް ފުލުހަކު ފުރިހަމަކޮށްފި

c
TTH_Ads
STO_Ads
Advertisement

ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ) ގެ ކޯހޮޓް 2025-2026 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ބައިވެރިވެވަޑައިގެން ޕްރޮގްރާމް ފުރިހަމަކުރައްވައިފިއެވެ.

އިންޓަޕޯލުން އިންތިޒާމުކޮށްގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން ހަތް މަސްދުވަހުގެ މުއްދަތަށް ހިންގާ މި ލީޑަރޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 3 ފިވައްސަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ކުރިއަށްދިޔައީ 2026 މެއި 4 އިން 8 އަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2025 ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގައި ހުންނަ “އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން” ގައެވެ. 2025-2026 ގެ މި ބުރުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 20 ގައުމަކުން ޖުމްލަ 24 ސީނިއަރ އޮފިސަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހަތް އަންހެން އޮފިސަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތަކާއި، ސްޓްރެޓީޖިކް ވިސްނުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތައް އުނގަންނައިދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މީގެ އިތުރުން، އިލްމީ އަދި އަމަލީ ތަޖުރިބާތަކުގެ އަލީގައި ބައިވެރިންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދުމަށް މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައިވާއިރު، މި ޕްރޮޖެކްޓް ބިނާވެފައިވަނީ ބައިނަލްއަގުވާމީ ފުލުހުންގެ ލީޑަރޝިޕް، ބައިނަލްއަގުވާމީ ގުޅުންތައް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމްގެ ފަހު ސެމިނާގައި، ޕްރޮގްރާމްގެ ދިރާސީ ހޯދުންތަކާއި އޭގެ ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ހޯދުންތަކާއި ތަޖުރިބާތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ހިޔާލު ބަދަލުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ފަންނީ ގުޅުންތައް ބަދަހިކުރުމަށާއި، މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށްޓަކައި، ލީޑަރޝިޕް ތަރައްގީކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ބައިވެރިވެ މުއައްސަސާ އާއި ގައުމު ތަމްސީލް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއްދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Big zD8qvWccXUybzzEi5LHNXdFNB

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 2 މީހުން ހައްޔަރުކޮށްފި

ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

43

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމަށް ތޫނުއެއްޗަކުން ހަމަލާދީފި