ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސުލްޖުމްހޫރިއްޔާ، އެމްއެންޑީއެފް ސާވިސް ކޯގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ހުޅުއްވައިދެއްވައިފި

461090 8ee7e7ba c
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާޙުކޮށްދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އިން މަޢުލޫމާތުދޭގޮތުގައި، ބ. ކިހާދޫގައި ޤާއިމުކުރެވިފައިވާ މި ސްކޫލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ތަރައްޤީކުރުމަށްޓަކައި އުފެއްދި ސްކޫލެކެވެ. މިއީ ފަންނީ ގޮތުން ޤާބިލު ސިފައިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު މިފަދަ ފުރަތަމަ ތަމްރީނު ސްކޫލެވެ.

މި ސްކޫލްގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ޤައުމީ ޚިދުމަތުގެ އިސްނެންގެވުމުގެ ދަށުން ފަންނީ ތަމްރީނު ފޯރުކޮށްދިނުމެވެ. މިހާރުވެސް 35 ރަށަކުން 65 ދަރިވަރުން މި ސްކޫލުގައި އެންރޯލްކުރެވިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުންނެވެ.

HajjCop_ads
Advertisement

މި ސްކޫލުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރިކަލް މަސައްކަތްތައް، ރިފްރިޖަރޭޝަން، ވެލްޑިންގ، އަދި އޮފީސް މެނޭޖްމަންޓް ހިމެނެއެވެ. ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލެވެލް 3 ފެންވަރަށް ފާސްކުރެވިފައިވާ ޕްރޮގްރާމެކެވެ. މިއީ ވަޒީފާއަށާއި ވަޒީފާގެ ބާޒާރަށް ދަރިވަރުން ތައްޔާރުކުރުމުގެ މަޤުޞަދުގައި ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.

ފަންނީ ތަޢުލީމުގެ އިތުރުން، މި ޕްރޮގްރާމުގައި އަޚުލާޤު، ޝަޚުޞިއްޔަތު ބިނާކުރުން، ގަޑިއަށް ފަރުވާތެރިވުން، ދީނީ ހޭލުންތެރިކަން އަދި ޤައުމީ ޚިދުމަތާ ގުޅޭ އަގުތަކަށްވެސް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

މި އިފުތިތާޙީ ރަސްމިއްޔާތުގައި އަސްކަރީ ތާރީޚާ ގުޅޭ ރިޕޯޓަކާއި ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ސިފައިންނަށް ޚާއްޞަ މެޑެލް ހަވާލުކުރުންވެސް ކުރިއަށްދިޔައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް