ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

STO_Ads
TTH_Ads
Advertisement

ސްރީލަންކާގެ ނިގަމްބޯގައި ކުރިއަށްދިޔަ “ރީޖަނަލް ޑަޔަލޮގް އޮން ސްމަގްލިންގް އޮފް މައިގްރަންޓްސް” ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގެންފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމުކޮށްގެން 2026 މެއި 7 އިން 8 އަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ނުވަތަ ސްމަގްލްކުރުން ހުއްޓުވުމަށް ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ، ގާނޫނީ އަދި އޮޕަރޭޝަނަލް ދާއިރާއިން މަސައްކަތްތައް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރެއްގައި މިފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ. މީގެ އިތުރުން، ރާވައިގެން ބޯޑަރު ހުރަސްކޮށް ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.

HajjCop_ads
MMA_Ads
Advertisement

ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އިދާރީ އަދި އޮޕަރޭޝަނަލް ނިޒާމު ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކަކީ ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ބޭރުގެ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައިފި

ފަޔަރ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި

scam alert

މިދިޔަ ހަފުތާގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި