ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. މިއަދުގެ އަސްރު ނަމަދަށްފަހު އިސްލާމީ މަރުކަޒުގައި ރާމިޒުގެ ކަށުނަމާދު ބާއްވަން ވަނީ ނިންމާފައެވެ.
ރާމިޒަކީ ގއ. އަތޮޅުގެ މެންބަރުކަމާއި ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ރާޒިމުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.





ކިޔުންތެރިންގެ ހިޔާލު