ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަލުތަކުގައި ބަންދު މީހުން އަވީގައި ބައިތިއްބާކަން އެޗްއާރްސީއެމްގެ ރިޕޯޓަކުން ފާހަގަވެއްޖެ

Igmh
TTH_Ads
STO_Ads
Advertisement

ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވާ ބަންދު މީހުންގެ އަތާއި ފައި ބަނދެ، އަވީގައި އެކަހެރިކޮށް ބައިތިއްބައިގެން އަދަބުދޭ މައްސަލައެއް ފެންމަތިވެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމުން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ މި މައްސަލަ ފާހަގަކޮށްފައެވެ.

ދޫނިދޫ ޖަލުގައި އަމުރަށް ނުކިޔަމަންތެރިވާ މީހުން ގޮޅިން ބޭރަށް ނެރެ، އަވީގައި ބައިތިއްބާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

HajjCop_ads
Advertisement

ބައެއް ހާލަތްތަކުގައި ބަންދު މީހުންގެ އަތާއި ފައި “ފްލެކްސް ކަފް” ބޭނުންކޮށްގެން ބަނދެ، ކުނަލެއްގެ މަތީގައި އަވީގައި ބައިތިއްބައެވެ. އެ ސަރަހައްދަކީ މެންދުރު ވަގުތުތަކުގައި ވަރަށް ބޮޑަށް ހޫނުވާ ތަނެއްކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މިގޮތަށް ބައިތިއްބާ މީހުންނަށް ނަމާދުކުރުމާއި ފާޚާނާ ބޭނުންކުރުމުގެ ފުރުސަތު ދޭ ކަމަށް އޮފިސަރުން ބުނި ނަމަވެސް، އެކަންކަން ރަސްމީކޮށް ލޮގްކޮށްފައި ނުވާކަން ރިޕޯޓުގައި ބުނެފައިވެއެވެ.

އާރްސީއެމުން ވަނީ ޖަލުތަކުގެ ނިޒާމުގައި ހުރި އިތުރު ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކޮށްފައެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ އަދަދު އިތުރުވުމާއި ރިމާންޑް މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ގިނަ ދުވަހު ބައިތިއްބަން ޖެހުމާއި ސިއްހީ ފަރުވާ ލަސްވުމުގެ މައްސަލަ ފާހަގަކޮށްގައިވެއެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ޖަލުތައް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން މަދެވެ.

ޖަލުތަކުގެ ކަންކަން ބެލެހެއްޓުމާ ގުޅޭ މުހިންމު އެސްއޯޕީތައް އެކުލަވާލާފައިނުވާ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެޗްއާރްސީއެމަކީ އަނިޔާކުރުމާއި، ލާއިންސާނީ އަދި އިހާނެތި އަމަލުތަކާ ދެކޮޅަށް އޮންނަ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، ޖަލުތަކުގެ ހާލަތު މޮނިޓަރކުރުމުގެ ގައުމީ ޒިންމާ އުފުލާ އިދާރާއެވެ. ކޮމިޝަނުން ވަނީ މިކަންކަން އިޞްލާޙުކުރުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު