ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް މެޑަމް ސާޖިދާ ޒިޔާރަތް ކުރައްވައިފި

TTH_Ads
STO_Ads
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، ރައީސްގެ އަނބިކަނބަލުން ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަން އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން ހޮސްޕިޓަލުގެ އިސްވެރިން ވަނީ މަރުހަބާ ދަންނަވައިފައެވެ.

މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތައާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ. މީގެއިތުރުން ކަށީގެ ހިދުމަތްތަކާއި އަދި ޕްލާސްޓިކް ސާޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ހިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވާފައި ވެއެވެ.

HajjCop_ads
Advertisement

މި ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ހޮސްޕިޓަލުގެ މެހްމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވައި، ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ސިއްހަތާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުން ކުރައްވަމުން ގެންދަވާ ހަރުދަނާ، ވިލުންތެރި މަސައްކަތްތަކަށް ތައުރީފު ކުރައްވާފައި ވެއެވެ.

ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ، ސްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ހިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި

464306 9cd26852 8

ތައުލީމާއި، މުޖުތަމައުގެ ކުރިއެރުމާއި އިގްތިސާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ސާޖިދާ

Igmh

ހުއްދަނެތި ރާއްޖެއަށް ވަން ލަންކާގެ މަސްބޯޓެއް ދައުލަތަށް ނަގައި ޖޫރިމަނާކޮށްފި