ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

43
STO_Ads
TTH_Ads

އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ކޮމިޝަންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މާލޭގެ ބާސެލޯ ނަސަންދުރަ ހޮޓަލްގައި މިއަދުން ފެށިގެން 15 މެއި އަށް ބާއްވާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ގައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ މާހިރުން އަދި އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމްޕްލަޔަންސް ކޮމިޓީބައްދަލުވުން ފެށިފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ސެޝަނުންނެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، މޮނިޓަރކުރުމުގެ ނިޒާމުތައް މުރާޖައާކުރުމެވެ.

HajjCop_ads

މަސްވެރިކަމުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން.ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތައް ކުރިއެރުވުމަކީ ވެސް އެ ކޮމިޓީގެ ޒިންމާއެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފާހަގަކުރާ ގޮތުގައި، މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ބައިނަލްއަގުވާމީ މާހިރުންނާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިވެހި މާހިރުންނަށް ލިބޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް އިޝްތިހާރުވެގެންދާނެއެވެ.

އައިއޯޓީސީ އަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، ކަނޑުގެ ދިރުންތަކުގެ ނިޒާމު ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ ސަރަހައްދީ ޖަމިއްޔާއެވެ. ރާއްޖޭގައި ބޭއްވޭ މި ބައްދަލުވުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ނިންމުންތަކެއް ނިންމޭނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ 

43

މަސްވެރިންނަށް އުފާވެރިކަން: އެސްޓީއޯ ރޭޓްގައި 13 ރަށަކުން މިހާރު ތެޔޮ ލިބޭނެ

66

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން 51 މިލިއަންގެ ލޯނު ދޫކޮށްފި

88887

89 މަސްވެރިއަކަށް ލޯނު ދޫކޮށްފި