ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްރީލަންކާގައި ބީއެމްއެލްގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

TTH_Ads
STO_Ads
Advertisement

އަވަށްޓެރި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު މުހިންމު ހަތް އެއްބަސްވުމެއް (އެމްއޯޔޫ) ގައި ސޮއިކުރުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. މިގޮތުން ލަންކާގައި ބީއެމްއެލްގެ ޚިދުމަތް ފެށުމަށް ކުރެވޭ މަސައްކަތުގެ އިތުރުން، ރާއްޖޭގެ މަތީ ފެންވަރުގެ މަހުގެ ބާވަތްތައް އެ ޤައުމުގެ މާކެޓަށް ތަޢާރަފުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މިވަގުތުވެސް ލަންކާގައި ދިރިއުޅެމުންދާ 2،000 އަށްވުރެ ގިނަ ދިވެހިންނަށާއި ދެ ޤައުމުގެ ވިޔަފާރިތަކަށް އޭގެ ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.

ލަންކާގެ ރައީސް އޮފީހުގައި އެ ޤައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކައާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ރައީސް ޑރ. މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ވިޔަފާރީގެ އައު ފުރުޞަތުތައް ހުޅުވާލުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދިނުމަށް “ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމް” މުހިންމު ދައުރެއް އަދާކުރާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއި ކުރެވުނު މަޝްވަރާތަކުގެ ސަބަބުން، ސިއްޙީ، ދިފާޢީ، ތަޢުލީމީ، ފަތުރުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފިޝަރީޒް އަދި ތިމާވެށީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްރީލަންކާއާއި އެކު ކުރެވުނު މަޝްވަރާ މިއީ ކުރިމަގަށް އަމާޒުކޮށްގެން ފެށުނު އާ ބައިވެރިވުމެއް: ރައީސް

Screenshot 2026 05 06

ލަންކާ ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނެ: ރައީސް

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފްކޮށްފި