ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

madam saajida
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި، ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މެޑަމް ސާޖިދާ ވިދާޅުވީ، “މިއަދަކީ ނޫސްވެރިންނާއި މިނިވަން މީޑިއާތަކުގެ ފަންނީ އަޚުލާޤާ މެދު ފިކުރު ހިންގަންޖެހޭ ދުވަހެއް” ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ އުޞޫލުތަކަށް ބޯލަނބާ، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޙަޤީޤަތް ހޯދުމަށާއި، މަޢުލޫމާތު ފެތުރުމުގައި ސައްޙަކަން ކަށަވަރުކުރުމަށާއި، އިންސާފުވެރިކަމާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.

HajjCop_ads
Advertisement

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަށް ހެޔޮއެދުންތައް ފޮނުއްވަމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ސާޖިދާ

ޤުރުއާން މުބާރާތަކީ އީމާންތެރިކަން ވަރުގަދަވެ، އަޚްލާޤީ ރަނގަޅު ސިފަތައް މަގުފަހިވާ ކަމެއް: ސާޖިދާ

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

madam saajida

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ