ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން %90 ނިމިއްޖެ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ %90 މަސައްކަތް ނިމިއްޖެއެވެ. މިލަންދޫގެ ތަރައްޤީގެ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢާގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު ވިދާޅުވީ ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް މިހާރު ވަނީ ނިންމާލާފައިވާކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި “ކުއިން އޮފް ދަ ނެދަލޭންޑްސް” ޑްރެޖަރު ބޭނުންކޮށްގެންނެވެ.

އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެމްއޭސީއެލްއާއެވެ.

HajjCop_ads
Advertisement

މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި ޢަމަލީ މަސައްކަތް ފަށައި ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއާޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށް ގެންދާއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި އެމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 28 at 18.07.39

މިލަންދުއަށް ގެންދިޔަ 1200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 08 24 at 12.14.48

ބީއެމްއެލް އިން ފުނަދު އާއި މިލަންދޫ ސްކޫލް ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަން ބާއްވައިފި

މިލަންދޫގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފި

މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް