ށ. މިލަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން އެރަށަށް ގެންދިޔަ 1200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިލަންދޫއަށް ގެންދެވުނު އައު ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިއީ މިހާހިސާބަށް އެރަށަށް ގެންދިޔަ އެންމެ ބޮޑު ޖެންސެޓްކަން ފާހަގަކޮށްލެވެއެވެ.
މި އާ ޖެންސެޓް ގެނައުމުގެ ކުރިން މިލަންދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2100 ކިލޯވޮޓެވެ. ނަމަވެސް، އަލަށް އިންސްޓޯލް ކުރެވޭ 1200 ކިލޯވޮޓްގެ ޖެންސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.

މި ބަދަލާއެކު، ޢާންމު ރައްޔިތުންގެ ކަރަންޓުގެ ބޭނުންތަކަށް ބޮޑު ލުޔެއް ލިބި، މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު